MrymYalu's Reading List
2 cerita
ހިތް މަގޭ ކަޅިވެފައި (Discontinued) oleh Minmin_yuna_
Minmin_yuna_
  • WpView
    Membaca 952
  • WpVote
    Vote 42
  • WpPart
    Bab 6
އެންމެ ފުރަތަަމަ ދުވަހުއްސުރެ ވެސް މިލާން ބޭނުންވީ އޭނާގެ ދިރިއުޅުމަށް އަސަރު ކުރާނެ ހުރިހާ ކަމަކުން ދުރުވެ ހުރެ ކިޔަވާ ނިންމާލާށެވެ. ކަންތައްތައް ވަމުން ދިޔައީ ވެސް އޭނާ ބޭނުންވި ގޮތަށެވެ. މުޅި ސްކޫލުން ވެސް އޭނާ ދަންނަ މީހަކު މަދުވާނެއެވެ. އިނގިރޭސި ބަހުން ބުނާނަމަ އޭނާއަކީ ސްކޫލްގެ 'ނޯބަޑީ' އެވެ. އެކަމާ މިލާންގެ އެއްވެސް ޝަކުވާއެއް ވެސް ނެތެވެ. އެއީ އޭނާ ބޭނުންވި ގޮތެވެ. ނަމަވެސް ސްކޫލަށް އައި އާ ކުއްޖާގެ ފުރަތަަމަ ނަޒަރު މައުސޫމް މިލާނަށް ހުއްޓުނު ހިސާބުން މިލާންގެ ދިރިއުޅުން އެއްކޮށް ބަދަލުވިއެވެ. ކުއްލިއަކަށް އެއްކަލަ 'ނޯބަޑީ' 'ސަމްބަޑީ' އަކަށްވެ 'އެވްރިބަޑީ' ގެ ސަމާލުކަން އަތުލައިފިއެވެ. Ithurah egen beynun vaanama story kiyaalaa.. Quinn_rosa_
ލޯބި އޭގެ އަސްލުގައި  (Discontinued) oleh Minmin_yuna_
Minmin_yuna_
  • WpView
    Membaca 2,101
  • WpVote
    Vote 85
  • WpPart
    Bab 29
އާލިޔާ އަކީ ފެށުނީއްސުރެ އެހެންކުދީންނާ ތަފާތު މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ފަހަރުގައި ނަމަ އެއީ އޭނާ އުޅެ ބޮޑުވި މާހައުލުގައި ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އޭނާ އަކީ ކޮންމެ ކަމެއްގައި ވެސް އިދިކޮޅަށް ވިސްނާ ކުއްޖެކެވެ. ގިނަ ފަހަރު ފައްސި ވިސްނުމަކީ ކޮބައިކަން ވެސް އެކުއްޖާއަށް ނޭނގެއެވެ. ކޮންމެ ކަމެއްގައި ވެސް ނުބައި ވިސްނުމެވެ. އިދިކީލި ވިސްނުމެވެ. އެހެން ނަމަވެސް އަލަށް ސްކޫލަށް ވަތް ފިރިހެން ކުއްޖާ ކަމަށްވާ ޔާޒަން އަކީ އާލިޔާގެ މުޅިން އިދިކޮޅެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ހުރިހާ ކަމަކީ ވެސް އުފާވެރިކަމާއި ގުޅި ލާމެހިފައިވާ ކަމެކެވެ. ކޮންމެއަކަސް އާލިޔާގެ ދިރިއުޅުމަށް އަންނަން އުޅޭ ބޮޑު ތޫފާނަކީ މި ދެކުދިންގެ ދެމެދުގައި ހިނގާ ދިޔަ ދެބަސްވުމެއްގެ ނަތީޖާއެވެ. އާލިޔާގެ ދިރިއުޅުން އޮޅުންބޮޅުންގަނޑަކަށް ހަދާލާ ބޮޑު ތޫފާނެކެވެ. "ބެޓް" އެކެވެ. ސުވާލަކީ އެންމެފަހުން މޮޅުވާނީ ކާކު ބާވައެވެ؟ އާލިޔާ ހެއްޔެވެ؟ ނުވަތަ ޔާޒަން ހެއްޔެވެ؟ އެނގޭ އެއްޗަކީ ފަހުގެ ނަތީޖާ އަކީ ދެކުދިންގެ ވެސް ދިރިއުޅުން މުޅިން ބަދަލުކޮށްލާނޭ ނަތީޖާއެއްކަމެވެ. މިވާހަކަ އަކީ އާލިޔާ ނަމަކަށް ކިޔާ ކުއްޖަކާއި 2 ފިރިހެން ކުދިންގެ މެދުގައި ހިނގާ ދާ ލޯބީގެ އޮޅުން ބޮޅުންގަނޑެއްގެ މައްޗަށް